ޚާއްޞަ މަޖިލިސް : [915] ޖަމާގެ މައި ސަފުހާ

Logo

ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެކުލަވައިލެވުނު ޤާނޫނުއަސާސީތައް އެކުލަވައިލެވިފައިވަނީ، އެކަމަށް ޚާއްޞަކޮށް އެކުލަވައިލެވޭ ރައްޔިތުންގެ ޚާއްޞަ މަޖިލިސްތަކުންނެވެ. އަދި އެ ޤާނޫނުއަސާސީތަކަށް އިސްލާޙުތައް ގެނެވިފައިވަނީ ވެސް މިދެންނެވުނު މަޖިލިސްތަކުންނެވެ. އެގޮތުން އެކުލަވައިލެވުނު ޚާއްޞަ މަޖިލިސްތަކުގެ ޖަލްސާތަކުގެ ޔައުމިއްޔާއާއި، ކޮމިޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ކޮމިޓީ ރިޕޯޓްތަކާއި އަދި ވެސް އެ މަޖިލިސްތަކުގެ މަސައްކަތްތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް މި ވިލީގައި އެކުލެވިގެންވާނެއެވެ.