ރައްޔިތުންގެ މަޖިލީހުގެ އަރްޝީފްގެ މަޤްޞަދަކީ، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅުންހުރި ދުވަސްވީ ލިޔެކިޔުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމެވެ. މިއަރުޝީފްގައިވާ ވިލިތަކުގެ ޖަމާތަކަށް މަޢުލޫމާތު ޤަވާއިދުން އިތުރުކުރެވޭނެއެވެ.